10 Jul 2014, 14:56
އުރީދޫގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަންއެއް އުރީދޫ އިން ފަށައިފި އެވެ.
އުރީދޫ އިން މިއަދު ބުނީ މި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން 9:00 އަކާ ދެމެދު "ގޯ" ޖެއްސެވުމަށް ފަހު 5500 އަށް މެސެޖެއް ފޮނުވުމުން އުރީދޫގެ ކަސްޓަމަރުންނަށް 50 އެމްބީ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.
"މި ރޯދަ މަހު ކޮންމެ ދުވަހަކު އެސްއެމްއެސްއެއް ފޮނުވައިގެން ކޮންމެ ދުވަހަކު ހިލޭ 50 އެމްބީ ޑޭޓާ ރާއްޖޭގެ އެންމެ ފުރިހަމަ ޑޭޓާ ނެޓްވޯކުގައި ބޭނުން ކުރަން ލިބިގެންދާނެ" އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އުރީދޫ ޕްރީޕެއިޑް އާއި އުރީދޫ މިކްސް ކަސްޓަމަރުންނަށް ކަމަށެވެ.