10 Jul 2014, 14:45
އެލްޕްސްގައި ހުންނަ ފަރުބަދައެއް ކަމަށްވާ މޮންޓް ބްލެންކް އަށް އަރަނިކޮށް މީގެ 32 އަހަރު ކުރިން ގެއްލުނު މީހަކު މަރުވެ، ގަނޑުވެފައި އޮއްވާ ފެނިއްޖެ އެވެ.
ގިނަ އަދަދެއްގެ ފަރުބަދަތަކެއް ހުންނަ ސަރަހައްދެއްކަމަށްވާ ޔޫރަޕަގެ އެލްޕްސްގެ މޮންޓް ބްލެންކް ފަރުބަދައިގައި ގަނޑުވެފައި އޮއްވައި ފެނުނު މީހަކީ ފްރާންްސް އަށް ނިސްބަތްވާ ޕެޓްރިސް ހައިވާޓް ކަމަށް އަހަރު ފްރާންސްގެ ނޫހެއް ކަމަށްވާ ލެ ޑޯފީން ލިބެރެއިން ބުންޏެވެ. އަދި ބުނީ ގަނޑުވެފައި އޮތް ޕެޓްރިސް ހައިވާޓްގެ ހަށިގަނޑު ފެނުނީ މޮންޓް ބްލެންކް ފަރުބަދައަށް އަރަން އުޅުނު ދެމީހަކަށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ފްރާންސްގެ ފުލުހުން ވަނީ ގަނޑުވެފައި އޮތް މީހަކީ ޕެޓްރިސް ހައިވާޓްކަމަށް އޭނާގެ ވޮލެޓުން ފެނުނު އައިޑީ ކާޑުން ޔަގީންކޮށްދީފަ އެވެ.
ޕެޓްރިސް އެންމެ ފަހުން ފެނިފައި ވަނީ 1982 ވަނަ އަހަރުގެެ މާޗު މަހު އެކެއްގަ އެވެ. އަދި އެއީ އޭނާ އެކަނި މާއެކަނި މޮންޓް ބްލެންކަށް އެރުމުގެ މަސައްކަތް ފެށި ދުވަސް ކަމަށާއި އެދުވަހުގެ މެންދުރެއްހާ އިރު މޫސުން ގޯސްވެފައިވާ ކަމަށް މީޑިއާގެ ރިޕޯޓުތަކުގައިވެ އެވެ.
ހައިވާޓް މަރުވީ ކަމަށް ނިންމައިގެން ހުރި އޭނާގެ ބައްޕަ ޖެރާޑްއަށް 32 އަހަރަށް ފަހު ޕެޓްރިސްގެ ހަށިގަނޑު ގަނޑުވެފައި އޮއްވައި ފެނުންވެފައި ވަނީ ގަބޫލުކުރަން ދަތި ކަމަކަށެވެ. އަށްޑިހަ ދެ އަހަރުގެ ޖެރާޑް އާއި އޭނާގެ ދަރިފުޅު ޕެޓްރިސްއަކީ ފަރުބަދަތަކަށް ލޯބިކުރާ މީހުން ކަމަށާއި ބޭނުން ވަނީ ސަންދޯކަކަށް ލައި ވަޅުލުމަށް ވުރެ ފަރުބަދައިގައި ޕެޓްރިސްގެ ހަށިގަނޑު ބޭއްވުމަކީ އޭނާ އެންމެ އެދޭ ގޮތްކަމަށް އާރްޓީއެލް ރޭޑިއޯ އާއި ވާހަކަ ދައްކަމުން އޭނާ ބުނެފައިވެ އެވެ.
މޮންޓް ބްލެންކް ފަރުބަދައަކީ ވަރަށް ނުރައްކާތެރި ފަރުބަދައެކެވެ. އެފަރުބަދައަށް އަރަން އުޅޭ ގިނަ އަދަދެއްގެ މީހުން ވަނީ ގެއްލި ނުވަތަ މަރުވެފައި ކަމަށާއި އެމީހުންގެ ހަށިތައް ފެންނަނީ އައިސް ގަނޑުތައް ވިރެން ފެށުމުން ކަމަށާއި ގަނޑުތައް ވިރެން އަހަރެއް ނަގާ ކަމަށް ވެސްރޮއިޓާސް އިން ބުންޏެވެ.