ފ. ފިލިތެޔޮ އައިލެންޑް ރިސޯޓްގެ އިރު އުތުރު ފަރާތަށް އިއްޔެ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:00 ހާއިރު އެމީހާ ފެނިފައި ވަނީ އެރަށު އިރުއުތުރު ފަރާތު މޫދުން 30 މީޓަރު އަޑިން ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ފުރާންސް މީހެކެވެ.

އެމީހާ މިމޫދު އަޑިން ނެގުމަށް ފަހު މިހާރު ވަނީ ފިލިތެޔޮ އައިލެންޑް ރިސޯޓަށް ގެންގޮސްފަ އެވެ.