ގޯލް ކީޕަރު ސާޖިއޯ ރޮމޭރޯގެ މޮޅު ސޭވްތަކާއެކު ދަތުރުކޮށްފި އެވެ.

ސައޮޕޯލޯގެ އެރީނާ ޑި ސައޮ ޕޯލޯގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގެ 90 މިިޓުގެ ކުޅުން ހަމަވެ، އިތުރު ވަގުތުގެ 15 މިނިޓްގެ ދެހާފު ކުޅެގެން ވެސް ލަނޑެއް ނުޖެހި މެޗުގެ ނަތީޖާ އެއްވަރު ވުމުން ނަތީޖާ ނެރެން ޖެހުނީ، ޕެނަލްޓީ ޖަހައިގެންނެވެ.

މިރޭގެ "ހިރޯ" އާޖެންޓީނާގެ ގޯލްކީޕަރު ރޮމޭރޯ ވަނީ، ނެދަލެންޑްސްގެ ރޮން ވްލާރު ޖެހި އެޓީމުގެ ފުރަތަމަ ޕެނަލްޓީއާއި އަދި ވެސްލީ ސްނެއިޑާ ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.

އާޖެންޓީނާގެ ހަތަރު ޕެނަލްޓީގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ލިއޮނަލް މެސީ، ދެވަނަ ޕެނަލްޓީ އެޒިކުއެލް ގަރާއީ، އަދި ތިން ވަނަ ޕެނަލްޓީ ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި އިރު އެޓީމު ފައިނަލަށް ދިޔަކަން ކަށަވަރުވި ޕެނަލްޓީ އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ މެކްސީ ރޮޑްރިގޭޒް އެވެ.

ވޯލްޑް ކަޕް ބްރެޒިލް 2014ގެ ފައިނަލުގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ، އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00ގައެވެ.