10 Jul 2014, 01:59
ފ. ފިލިިތެޔޮ އައިލެންޑް ރިސޯޓްގެ އިރު އުތުރު ފަރާތަށް އިއްޔެ ސްނޯކްލިންއަށް ގޮސް އުޅުނު ބިދޭސީއަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރިސްގެ އިތުރުން ފިލިތެޔޮ އައިލެންޑް ރިސޯޓުން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ މެންދުރުއްހާއިރު ސްނޯކްލިންގ ކުރަން ދިޔަ ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ މީހާއަކީ އިސްކޮޅުގައި ފަސް ފޫޓް ނުވަ އިންޗި ހުންނަ މީހެކެވެ. އޭނާ ލައިގެން ހުރީ ހުދު، ރަތް އަދި ކަޅު ކުލަ ހިމެނޭ ސޯޓެކެވެ. އޭނާ ސްނޯކެލް ކުރަން ބޭނުންކުރީ ކަޅުކުލައިގެ ފިންސަކާއި ނޫކުލައިގެ މާސްކެކެވެ.
އެ ހާދިސާއާ ގުޅިގެން ކ އަތޮޅާއި ވ އަތޮޅާއި ފ އަތޮޅުގެ އިތުރުން އދ އަތޮޅުގެ މެދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އޭނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބައްލައި ދިނުމަށް އެމްއެމްޑީއެފުން ވަނީ އެދިފަ އެވެ.