Last Updated:
1 decade 1 year ago

    ބުލޮގު ޚުލާސާ
    ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014ގެ ސެމީ ފައިނަލުގައި ނެދަލެންޑްސް - އާޖެންޓީނާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    03:44

    މެކްސީ ރޮޑްރިގޭޒް ޖެހި ޕެނަލްޓީ ގޯލްކީޕަރު އަތުގައި ޖެހިފައި ގޯލް ތެރެއަށް. 24 އަހަރަށް ފަހު އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް. ނަތީޖާ 4-2
    03:43

    ކައުޓް ޖެހި ޕެނަލްޓީ އެތެރެއަށް. 3-2
    03:43

    އަކުއެރޯ ޖެހި ޕެނަލްޓީ ގޯލް ތެރެއަށް. 3-1
    03:42

    ހޮލެންޑުގެ ސްނެއިޑާ ޖެހި ޕެނަލްޓީ ރޮމެރޯ މަތަކޮށްފި. އާޖެންޓީނާ 2-1 ހޮލެންޑް
    03:41

    އާޖެންޓީނާގެ ގަރާއީ ޖެހި ޕެނަލްޓީ ގޯލަށް. 2-1
    03:40

    ނެދަލެންޑްސް ރޮބެން ޖެހި ޕެނަލްޓީ ގޯލަށް. ނަތީޖާ 1-1
    03:40

    މެސީގެ ޕެނަލްޓީ ގޯލް ތެރެއަށް. އާޖެންޓީނާ 1
    03:39

    އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ޖަހަނީ މެސީ.
    03:39

    ވްލާރު ޖެހި ޕެނަލްޓީ ރޮމޭރޯ މަތަކޮށްފި.
    03:37

    ފުރަތަމަ ޕެނަލްޓީ ޖަހަނީ ނެދަލެންޑްސް.
    03:33

    އިތުރަށް ދިން 30 މިނިޓުގެ ކުޅުން ނިމުނު އިރުވެސް ނަތީޖާ ނުނެރެވުމުން ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެން.
    03:31

    ބާކީ އެންމެ މިނިޓެއްގެ ކުޅުން.
    03:28

    މެސީ ވަރަށް ރީތިކޮށް ނެދަލެންޑްސް ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ރޮޑްރިގޭޒު ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.
    03:27

    އާޖެންޓީނާގެ ހަމަލާއެއް. ނެދަލެންޑްސްގެ ގޯލް އޭރިޔާތެރެއިން ޕަލާޝިއޯ ބޮލުން ހަޖައި ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރީ.
    03:21

    15 މިނިޓުގެ މި ހާފުގެ ކުޅުން ނިމޭއިރު ވެސް ނަތީޖާ އެއްވަރު ވެއްޖެ ނަމަ ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެން.
    03:20

    ކުޑަ އިރުކޮޅަކަށް ކުޅުން މެދު ކެނޑުމަށްފަހު އަލުން ފަށައިފި.
    03:19

    ނެދަލެންޑްސްގެ ކައުޓު އާއި އާޖެންޓީނާގެ ޒަބަލޭޓާ ދެކުޅުންތެރިން ބޯޅަ ހޯދަން ފުންމައިގެން އެރި ވަގުތު މުޑިއަރައި ޒަބަލޭޓާއަށް އަނިޔާވެގެން އޭނާއަށް ފަރުވާ ދެނީ.
    03:18

    އިތުރު ވަގުތުގެ ފަހު 15 މިނިޓުގެ ކުޅުން ކުރިއަށްދަނީ.
    03:14

    15 މިނިޓުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ނެދަލެންޑްސް 0، އާޖެންޓީނާ 0.
    03:13

    ހަންޓޭލާއަށް ރީނދޫ ކާޑެއް ދައްކައިފި.
    03:08

    އާޖެންޓީނާއިން ބަދަލެއް. ލަވޭޒީގެ ބަދަލުގައި ކުޅެން އެރީ މެކްސީ ރޮޑްރިގޭޒް.
    03:05

    މިއީ ވޯލްޑް ކަޕްގައި ސެމީ ފައިނަލް މެޗެއްގެ 90 މިނިޓުގެ ކުޅުން ނިމި އިތުރު ވަގުތަށް ދިޔައިރު 0-0 ލަނޑުގެ ނަތީޖާއިން އެއްވަރުވި ދެވަނަ މެޗު. ފުރަތަމަ ފަހަރަށް މިގޮތަށް ލަނޑެއް ނުޖެހި 90 މިނިޓުގެ ކުޅުން ނިމި އިތުރު ވަގުތު ކުޅުނު ސެމީ އަކީ 2006 ވަނަ އަހަރު އިޓަލީއާ ޖަރުމަނު ކުޅުނު ސެމީ.
    03:03

    ހޮލެންޑް ޓީމުން ބަދަލެއް. ކެޕްޓަން ރޮބިން ވެން ޕާސީގެ ބަދަލުގައި ހަންޓެލާ ކުޅެން އަރައިފި.
    02:58

    އިތުރު ވަގުތުގެ ދެ ހާފުގެ ފުރަތަމަ 15 މިނިޓުގެ ކުޅުން ފަށައިފި.
    02:51

    މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު އެއްވެސް ޓީމަކަށް ނަތީޖާއެއް ނުނެރެވުނު. ދެން ޖެހޭނީ އިތުރު 30 މިނިޓް ކުޅެން.
    02:49

    މުޅި މެޗުގައި ވެސް ލަނޑު ޖަހަން ލިބުނު އެންމެ ރީތި ފުރުސަތު ނެދަލެންޑްސްގެ އާރްޔަން ރޮބެންއަށް ލިބި ބޭކާރުވީ. ގޯލް އޭރިޔާ ތެރެއަށް ބޯޅަހިފައިގެން ވަދެ ބޯޅަ ފޮނުވާލުމުގެ ކުރިން އާޖެންޓީނާ ކުޅުނެތެރިން ދިފާޢުކުރީ.
    02:48

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ، އިތުރު ވަގުތުގެ ކުޅުން ކުރިއަށް ދަނީ.
    02:40

    މެޗު ނިމެން 10 މިިނެޓް. އާޖެންޓީނާއިން އެއްފަހަރާ ދެ ބަދަލު. ޕެރޭޒްގެ ބަދަލުގައި ޕެލާޝިއޯ، ހިގައިންގެ ބަދަލުގައި އަގުއެރޯ.
    02:33

    ނެދަލެންޑްސްއިން އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަން ފަށައިފި. ޕެނަލްޓީ އޭރިޔާ ބޭރުން ނަގައިދިން ހުރަސް ވެންޕާސީ ޖެހި އިރު އޭނާ ހުރި އޮފްސައިޑު ޕޮޒިޝަނެއްގައި.
    02:29

    ބޯޅަ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ނެދަލެންޑްސްގެ ކުޅުންތެރިޔަކަށް އަނިޔާވެއްޖެ. އޭނާއަށް އަނިޔާވީ އާޖެންޓީނާގެ ކުޅުންތެރިއެއްގެ ބޮލުންޖެހިފައި.
    02:20

    ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ އާޖެންޓީނާއިން. ނެދަލެންޑްސްގެ ގޯލަށް އާޖެންޓީނާއިން ނުރައްކާ ކުރަން މަސައްކަތް ކުރިޔަސް، ޑިފެންސުން ދަނީ ހުރަސް އަޅަމުން.
    02:08

    އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާ ބޭރުން ނެދަލެންޑްސްއަށް ޖެހުމެއް. ސުނެއިޖާ ފޮނުވާލި ހަމަލާ ގޯލުގެ މާ މަތިން ބޭރަށް.
    02:05

    ދެ ވަނަ ހާފުގެ ކުޅުން ފަށައިފި.
    01:48

    ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    01:45

    މެސީއަށް ފައުލުކުރުމާ ގުޅިގެން ނެދަލެންޑްސްގެ މާޓިންސް އިންޑިއަށް ރީނދޫ ކާޑެއް.
    01:43

    ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ މިނިޓެއް. އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    01:34

    ސެމީގައި މިރޭ ނެދަލެންޑްސް ވާދަކުރާތީ އެގައުމުގެ ސްކޫލުތަކުގެ ކިޔެވުން އާންމުކޮށް ފަށާ ގަޑިއަށްވުރެ ލަހުން މާދަމާ ފަށާގޮތަށް ވަނީ ނިންމާފައި.
    01:32

    މިރޭގެ މެޗަށް އާޖެންޓީނާ ނުކުތްއިރު، އެ ގައުމުގެ ސުޕަމާކެޓްތައް ވެސް ވަނީ އެޓީމުގެ ހުދާއި ނޫ ކުލައިން ތައްޔާރުކޮށްފައި.

    01:30

    މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މެސީ ވަނީ ހަތަރު ފަހަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި. އޭނާ ވެފައި ވަނީ މި ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާއަށް.
    01:25

    އާޖެންޓީނާގެ ކޯނަރެއް ނެދަލެންޑްސްގެ ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން ގެރާއީ ބޮލުން ޖަހައި ފޮނުވާލިބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
    01:20

    މެސީ ނެގި ކޯނަރު ނެދަލެންޑްސް ކުޅުންތެރިން އެޓީމުގެ ޕެނަލްޓީ އޭރިޔާތެރެއިން ދިފާއުކޮށްފި.
    01:19

    އާޖެންޓީނާއަށް ކޯނަރެއް.
    01:15

    މެސީ ފޮނުވާލި ބާރު ހިލޭ ޖެހުން ނެދަލެންޑްސް ގޯލް ކީޕަރު ސިލެސަން މަތަކުރީ.
    01:14

    ނެދަލެންޑް ޕެނަލްޓީ އޭރިޔާ ކުރިމަރިން އާޖެންޓީނާއަށް ހިލޭޖެހުމެއް.
    01:13

    އާޖެންޓީނާ ގޯލަށް ނެދަލެންޑްސްގެ ހަމަލާއެއް. ސްނެއިޑާ ފޮނުވާލި ބޯޅަ އަމާޒެއް ނުވި.
    01:11

    އާޖެންޓީނާއަށް ހިލޭ ޖެހުމެއް.
    01:09

    މެޗުގެ ފުރަތަމަ 10 މިނިޓުގެ ކުޅުން ނިމުނު އިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން މިދަނީ ނެދަލެންޑްސް. އާޖެންޓީނާއިން ވެސް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަމުން ދަނީ.
    01:06

    ރޮބެން އާޖެންޓީނާގެ ޕެނަލްޓީއޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަން އުޅެނިކޮށް އާޖެންޓީނާ ޑިފެންޑަރުން ބޯޅަ ދިފާއުކޮށްފި.
    01:03

    މެޗު ފަށައިފި.