ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ ވިޕުން މިއަދު ހޮވައިފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ވިޕުން ހޮވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރޫމެއްގައި ބޭއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ވިޕުންގެ ގޮތުގައި ހޮއްވަވާފައި ވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕުން ހޮވުމުގެ އިތުރުން އެ ގްރޫޕްގެ ގަވާއިދުތައް އެކުލަވާލުމާ ބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.