09 Jul 2014, 22:23
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަމަޟާން މަހަށް ހާއްސަކޮއްގެން ތައާރަފްކުރި "ރޯދަ ވެދުން" ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއަދު މެންދުރުފަހު މަޖީދީ މަގު ބްރާންޗްގައި ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތެއްގައި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް ހޮވިފައިވަނީ މ. ޕިންކް ހޯޕް، ފާތިމަތު ޒޫނާ އާއި ގ. ދީތާ މުހައްމަދު ސުއޫދު ގެ އިތުރުން ގ. ފަސްފިޔަ އަލީ އާދަމް ކަމަށެވެ.
ނިމިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އީދު ތިން ދުވަހާއެކު ޖުލައި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިޔަށްގެންދާ އެ ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ހަފްތާއަކު ހޭދަކުރާ އަދަދުގެ ތިންގުނަ އަނބުރާ ހޯދުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ޑެބިޓް އަދި ކްރެޑިޓް ކާޑުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރާ ހުރިހާ ފަރާތްތަށް ޕްރޮމޯޝަންގައި ބައިވެރިވާނެ ކަމަށާއި ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ގިނަވެގެން ދެވޭނީ 50،000 ރުފިޔާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އޭގެ އިތުރުން އެ ޕްރޮމޯޝަންގައި ގްރޭންޑް ވިނާއެއް ހޮވައި އެ ފަރާތައް 100،000 ރުފިޔާ ހަދިޔާ ކުރާނެއެވެ. ގްރޭންޑް ވިނާއެއް ހޮވާއިރު ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލް ކާޑަކުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރައްވާ ހުރިހާ ފަރާތްތަށް ބައިވެރިކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.