09 Jul 2014, 16:44
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ގޭސް ގުޅިގެން ސެންފޯޑް އަފި ފްލެމިންގޯ ބްރޭންޑްގެ ޕްރޮޑަކްޓްސްތަކަށް ހާއްސަކޮށްގެން "ސްކްރެޗް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގެ ތެރޭގައި ސެންފޯޑް އަފި ފްލެމިންގޯ ބްރޭންޑްގެ ޕްރޮޑަކްޓްސްތަކުން 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ސްކްރެޗް ކާޑެއް ލިބޭނެ ކަމަށާއި އެ ކާޑް ކަހާލައްވައިގެން ނަސީބުވެރި 1000 ފަރާތަކަށް ވަރަށް ހާއްސަ އިނާމްތަކެއް ކަނޑައެޅިފައިވާނެ ކަމަށެވެ.
އެގޮތުން އިނާމްތަކުގެ ތެރޭގައި ސެންފޯޑް ބްރޭންޑްގެ ފެން ޕަންޕް އާއި ކޮމީ މޭކަރ، ސްޓީމް އަޔަން އަދި ހޯމްތިއޭޓާގެ އިތުރުން ޓީވީ އާއި އަވަން އަދި އެ ނޫންވެސް ތަފާތު އިނާމުތަށް ހިމަނާފައިވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އޭގެ އިތުރުން އެސްޓީއޯ އިން މިހާރު ކުރިޔަށްގެންދާ ރަމަޟާން ބާޒާރުގައި ސެންފޯޑް އަފި ފްލެމިންގޯ ބްރޭންޑްގެ ޕްރޮޑަކްޓްސްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.