10:00

ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އަނިޔާކުރައްވައި، ކޮއްޕާލުމާ ގުޅިގެން ވެއްޓިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން އަންނަ ކަމަށް ޑރ. ޑީޑީގެ ބައްޕަ ވިދާޅުވެއްޖެ އެވެ.

ޑރ. ޑީޑީއާ އެކު ގ. ދަތުގޭގައި ދިރިއުޅުއްވާ އޭނާގެ ބައްޕަ، ސ. ހުޅުދޫ، ބަހާރީވިލާ، އުމުރުން 87 އަހަރުގެ އަބްދުﷲ ނަހީފް މިއަދު ވިދާޅުވީ، ރޭ 8:30 ހާއިރު އެ މާރާމާރީ ހިނގީ ވަރަށް ބަލި ހާލުގައި އެ ގޭގައި ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުން ނުވަތަ ޑރ. ޑީޑީގެ މަންމައާ ޑރ. ޑީޑީ އަޅާނުލައްވާތީ އެކަމާ ހިތްދަތިވެގެން އެ ވާހަކަ މީހެއް ކައިރީގައި ދެއްކެވުމާ ގުޅިގެން، އެކަމާ ޑރ. ޑީޑީ ހިތްޕުޅުހަމަނުޖެހިގެން ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބަހެއް ވެސް އަދި ޑރ. ޑީޑީގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.