މި ރަމަޟާންމަހު ރާއްޖެއިން އުމްރާއަށް ދާ ކޮންމެ މީހަކަށް ބޭންކުތަކުން 500 ޑޮލަރު ވިއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގައި ލައިސަންސް އޮވެގެން ހިއްގާ ކޮންމެ ބޭންކަކުން ޑޮލަރު ވިއްކާނީ އުމްރާ ދަތުރާ ގުޅޭ ލިޔުން ހިއްފައިގެން އައުމުން ކަމަށެވެ. އުމްރާއަށް ދާ މީހުންނަށް އެމްއެމްއޭއިން ޑޮލަރު ވިއްކަން ފަށާފައިވާއިރު، ރާއްޖޭގައި ހުރި ބޭންކުތަކުން ވަނީ ރާއްޖެއިން ބޭރަށް ދާ ކޮންމެ މީހަކަށް 500 ޑޮލަރު ވިއްކަން ފަށާފަ އެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި މޮރިޝަސް ބޭންކުގެ އިތުރުން ހަބީބް ބޭންކުން ވެސް ވަނީ ރާއްޖެއިން ބޭރަށް ދާ މީހުންނަށް ޑޮލަރު ވިއްކަން ފަށާފަ އެވެ.