"މޯލްޑިވްސް" މި ނަން ހިމަނައިގެން ޖަމްއިއްޔާތައް ރަޖިސްޓްކޮށްދިނުން ހޯމް މިނިސްޓްރީން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ "މޯލްޑިވްސް" މި ނަން ބޭނުންކޮށްގެން ޖަމްއިއްޔާތަށް ރަޖިސްޓްރީ ކޮށްދިނުން ވަގުތީގޮތުން ހުއްޓާލުމަށްފަހު އެކަމުގައި ބަންޑާރަ ނައިބުގެ ލަފާފުޅަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ އެދިވަޑައިގެންފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ "މޯލްޑިވްސް" މި ނަން ބޭނުންކޮށްގެން ރާއްޖެ ތަމްސީކު ކުރާ ޖަމްއިއްޔާތަކުގެ ގޮތުގައި ބައެއް ޖަމްއިއްޔާތައް ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ތަފާތު އެކި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.