ވިލާ ކޮލެޖު ކައިރީ ހުރި ފާރެއް ވެއްޓި ސައިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 11:15 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި ހަ ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ވެއްޓިފައި ވަނީ ވިލާ ކޮލެޖު ކައިރީ ހުރި ހުސްބިން ވަށާ ރާނާފައި ހުރި ފާރުގެ ބައެއް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.