09 Jul 2014, 11:24
ދިހަ މީހުންނާ އެކު ހދ. ކުޅުދުއްފުށިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ކަނޑަށް ވެއްޓި މަރުވެއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އުމުރުން 58 އަހަރުގެ އެމީހާ މިއަދު ހެނދުނު 7:00 އެހާކަންހާ އިރު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްގެ އަސަރު ފެންނަން ނެތް ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.
އެމީހާ މަރުވާން ދިމާވި ސަބަބެއް އެ ހޮސްޕިޓަލަކުން ނުބުނެ އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މަރުވި ސަބަބު ޑޮކްޓަރުން ވިދާޅުވެފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ އަޒުމް ނަމަކަށް ކިޔާ ދޯނީގައި އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 06:30 އެހާކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ނޮޅިވަރަމް ފަރާދިމާ ބޭރުން ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.