Last Updated:
1 decade 1 year ago

ބްރެޒިލް 1-7 ޖަރުމަނު

    ބުލޮގު ޚުލާސާ
    ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014ގެ ސެމީ ފައިނަލްގައި ބްރެޒިލާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
    02:48

    މެޗު ނިމިއްޖެ.
    02:46

    ބްރެޒިލް ލަނޑެއް ޖަހައިފި. ބްރެޒިލަށް ސުން ކަނޑުވާލަ ދިނީ ޗެލްސީގެ މިޑްފީލްޑަރު އޮސްކާ.
    02:45

    މެޗުގެ ނަތީޖާ އިތުރަށް ފުޅާކުރުމަށް އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް އަށްލިބުނު ފުރުސަތު ބޭކާރު ކޮށްލައިފި.
    02:35

    ޖަރުމަނުގެ ހަތްވަނަ ލަނޑު. ލަނޑު ޖެހީ އަންދްރޭ ޝޫލާ.
    02:32

    ޖަރުމަނު ޓީމުން ބަދަލެއް. ސާމީ ކަދީރާގެ ބަދަލުގައި ކުޅެން އެރީ، ޑްރެކްސްލާ.
    02:29

    ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ބްރެޒިލްގެ ފުޓްބޯޅައިގެ ހަޔާތުގައި ހިތާމަވެރި ދުވަހަކަށް މިރޭ ވެގެން މިދަނީ.
    02:28

    ބްރެޒިލުން ފްރެޑްގެ ބަދަލުގައި ވިލިއަން ކުޅެން އަރުވައިފި.
    02:25

    ޖަރުމަނުގެ 6 ވަނަ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ މިޑްފީލްޑަރު އަންދްރޭ ޝޫލާ. މިއީ އޭނާގެ 2 ވަނަ ވޯލްޑް ކަޕް ގޯލް.
    02:24

    މެޗުގެ ފުރަތަމަ ރީނދޫ ކާޑު، ބްރެޒިލްގެ ޑެންޓޭއަށް.
    02:22

    ޖަރުމަނު ޓީމުން ނުރައްކާތެރި ހަމަލާއެއް. ޝްވެއިންސްޓެއިގާއަށް ބްރެޒިލްގެ ޕެނަލްޓީ އޭރިޔާގެ ކުޑަ ތަންކޮޅެއް ބޭރުން ބޯޅަ ލިބުމުގެ ކުރިން ދިފާއުކުރީ ހޫލިއޯ ސެސާ.
    02:17

    ވޯލްޑް ކަޕްގައި މީގެކުރިން އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ގާއިމް ކޮށްފައިވާ 15 ލަނޑުގެ ރެކޯޑާ ހަމަހަމަ ކުރި ތާރީހީ ލަނޑު މިރޮސްލާވް ކްލޯސާ ޖެހީ ގާނާ ކޮޅަށް. ގްރޫޕް ސްޓޭޖްގައި ޖަރުމަނު ކުޅުނު އެމެޗުން ގާނާ އަތްދަށު ނުވެ ސަލާމަތްވީ 2-2 ލަނޑު މެޗުގެ ނަތީޖާ އެއްވަރުކޮށްގެން. އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ކްލޯސާ މުގުރައިލީ މިރޭ ބްރެޒިލްކޮޅަށް ޖަރުމަނު ޖެހި ދެވަނަ ލަނޑުން.
    02:14

    ޖަރުމަނު ޓީމުން ބަދަލެއް. ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު (16 ލަނޑު) ކާމިޔާބުކޮށް ރެކޯޑު މުގުރާލާފައިވާ މިރޮސްލާވް ކްލޯސާގެ ބަދަލުގައި ކުޅެން އެރުވީ، އަންދްރޭ ޝޫލާ.
    02:06

    ދެވަނަ ހާފުގެ ކުޅުން ފެށިއިރު ބްރެޒިލް ޓީމުން ގެނައި ބަދަލުތަކާއެކު އެޓީމުގެ އެޓޭކިން މިވަނީ ރަނގަޅުކޮށްފައި. ދެވަނަ ހާފު 5 މިނިޓް ކުޅެވުނުއިރު މިހާތަނަށް ބްރެޒިލުން ވަނީ ރަނގަޅު ދެ ހަމަލާ އުފައްދާފައި.
    02:02

    ދެވަނަ ހާފު ފެށިއިރު ޖަރުމަނުން އެއް ބަދަލު އަދި ބްރެޒިލުން ދެ ބަދަލު ގެނެސްފައި ވަނީ. ޖަރުމަނުން ހުމެލްސްގެ ބަދަލުގައި މާޓެސޭކާ އަދި ބްރެޒިލުން ފާނެންޑީނިއޯއާއި ހަލްކުގެ ބަދަލުގައި ޕައުލީނިއޯއާއި ރަމިރޭސް ކުޅެން ނެރެފައި މިވަނީ.
    02:01

    ދެވަނަ ހާފުގެ ކުޅުން ފަށައިފި.
    01:56

    މެޗު ފެށުމުގެ ކުރިން ބްރެޒިލް ސަޕޯޓަރުންގެ މޫނުމަތިން ފެނިގެންދިޔަ އުފާވެރިކަން ފުރަތަމަ ހާފު ނިމުނު އިރު ޖަރުމަނުން މިވަނީ ނިމުމަކަށް ގެނެސްފައި.
    01:46

    ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ބްރެޒިލް 0-5 ޖަރުމަން.
    01:45

    ފުރަތަމަ ހާފުގެ އިތުރުވަގުތު އެއް މިނިޓް ދައްކައިފި.
    01:32

    މެޗުގެ ފުރަތަމަ ހާފުގެ 33 މެޗުގެ ކުޅުން ނިމުނުއިރު ޖަރުމަނުން މިވަނީ، ބްރެޒިލް ކޮޅަށް 5 ލަނޑު ޖަހައި ބެލޯ ހޮރިޒޮންޓޭގެ އެސްޓާޑިއޯ މިނެއިރޯގައި މި މެޗު ފެށުނުއިރު ބްރެޒިލް ސަޕޯޓާރުންގެ ގުގުމާފައިވާ އަޑު ކަނޑުވާލާފައި.
    01:28

    ޖަރުމަނު ފަސް ވަނަ ލަނޑު ޖަހައިފި.
    01:26

    ޖަރުމަނުން ބްރެޒިލް ކޮޅަށް 3 މިނެޓް ތެރޭގައި ތިން ލަނޑު ވައްދާލި އިރު، ޖަރުމަނުގެ ދެވަނަ ލަނޑާއެކު ކްލޯސާ ވަނީ، ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި.
    01:25

    ޖަރުމަން ހަތަރު ވަނަ ލަނޑު ޖަހައިފި.
    01:22

    ޖަރުމަނު ދެވަނަ ލަނޑު ޖަހައިފި.
    01:18

    ބްރެޒިލްގެ 200 މިލިޔަން ސަޕޯޓަރުންގެ އުންމީދު ތަކާއެކު އަމިއްލަ ފަސްގަނޑުގައި ޖަރުމަނާ ދެކޮޅަށް ބްރެޒިލްގެ ކުޅުންތެރިންނަށް މިހާތަނަށް އަދި ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ.
    01:17

    މާސެލޯ ޖަރުމަނުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެގެން ދަނިކޮށް ޖަރުމަނުގެ ޑިފެންޑަރަކު ބޯޅަ ހޯދަން އުޅުމުގެ ޔެރޭގައި މާސެލޯ ވެއްޓުމުން ބްރެޒިލް ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރި. އެހެން ނަމަވެސް ބޭރަށް ދިޔަ ބޯޅަ ރެފްރީ ދެއްކީ ކޯނަރެއް ކަމަށް.
    01:11

    ޖަރުމަނަށް ލިބުނު ކޯނަރެއް ބްރެޒިލްގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސް ކޮށްލުމުން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ތޯމަސް މުލާ ފައިންޖަހައި އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލީ ވަރަށް ފުރިހަމަކޮށް.
    01:10

    ޖަރުމަނު ލަނޑު ޖަހައިފި.
    01:00

    މެޗު ފަށައިފި.
    00:59

    ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ޖަރުމަން މިރޭ ކުޅޭއިރު، މީގެ ކުރިން ބްރެޒިލްގެ ފަސްގަނޑުގައި ބްރެޒިލް އަތުން ޖަރުމަނު މޮޅުވެފައެއް ނުވޭ.
    00:56

    ބްރެޒިލްގެ ގައުމީ ސަލާމް.
    00:56

    ޖަރުމަނުގެ ގައުމީ ސަލާމް.