08 Jul 2014, 19:18
ހަތަރު ޝޭމްޕޫ ފުޅި ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ވ. ސެޓްލައިޓް އަހްމަދު ނައީމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އޭނާ މ. އިހްސާން ފިހާރައިން ގާނިޔާ ބްރޭންޑުގެ ހަތަރު ޝޭމްޕޫ ފުޅި ވަގަށްނެގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
އަހްމަދު ނައީމްގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފުން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.