08 Jul 2014, 11:31
ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ޕިލިޕްސް އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން ހެންގްއައުޓް ޓީމާއި ސޯފާޒްގެ ޓީމް މޮޅުވެއްޖެ އެވެ.
ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗުގެތެރެއިން ފުރަތަމަ މެޗް އެމްކިން އެންޓަ ޕްރައިޒްއާއި ބައްދަލުކޮށް ކާމިޔާބުކުރީ ހެންގްއައުޓްގެ ޓީމް އެވެ. ދެވަނަ މެޗް ބްރޫޗްއާއި ބައްދަލުުކޮށް 77 ލަނޑުން ކާމިޔާބުކުރީ ސޯފާޒްގެޓީމް އެވެ.
ފުރަތަމަ މެޗް އެމްކިން އެންޓަ ޕްރައިޒްސްގެ ޓީމް ގަޑިއަށް ހާޒިރުނުމުމުން ހެންގްއައުޓަށް އަށް ވިކެޓާއި ދެ ޕޮއިންޓާ އެކު މެޗް ލިބުނީ އެވެ. މެޗް ލިމުމުން ހެންގްއައުޓް ސެމީއިން ފުރަތަމަ ޓީމެއްގެ ގޮތުގައި ޖާގަހޯދީ އެވެ.
އިއްޔެގެ ދެވަނަ ސޯފާޒް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި އެންމެ ކުުޅުންތެރިއެއް ނުބައިވެގެން 147 ލަނޑުހެދި އެވެ. މުހަންމަދު އާމިރު 32 އިސްމާއިލް އަލީ 31 އަދި މަހްމޫދު ރިޔާޒް 26 ލަނޑު ހެދި އެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްލީ މޯލްޑިވްސްއާއި ސަލްސާ ރޯޔަލްއަދި ދެވަނަ މެޗް އޯލް އެޗް މޯލްޑިވްސްއާއި މާޒިޔާގެ ޓީމް އެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.