ކ. އަތޮޅުގެ ރަށަކުން ނުކުޅެދޭ ކޮއްކޮއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ކުއްޖާގެ ބޭބެގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދީފި އެވެ.

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުުރުކުރުކޮށްދިން ހަތަރު ވަނަ ފަހަރެވެ.

އިއްުޔެ ކްރިމިނަލް ކޯޓުން އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ 10 ދުވަހަށެވެ. މީގެ ކުރިން ތިން ފަހަރު ވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ 15 ދުވަހަށެވެ.

މިދިޔަ މަހުގެ 12 ދުވަހު ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ އެމީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އޭނާއާ އައިލީ ގޮތުން ގުޅުން ހުރި މީހެއްކަން ސަން ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ކުއްޖާ އަށް ޖިންސީ ގޯނާ ކުރަމުން އައިސްފައިވާކަން އެ ކުއްޖާގެ އާއިލާ އަށް އެނގިފައި ވަނީ އެ ކުއްޖާގެ ދޮންބައްޕަ ކައިރީ އެ ވާހަކަ ދެއްކުމުންވެ. އެ ކުއްޖާގެ އާއިލާ އިން ކިޔައިދިން ގޮތުގައި އެކި ފަހަރުގެ މަތިން އެމީހާ ވަނީ އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށްފަ އެވެ.

އަޑު އެހުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ އުމުން 14 އަހަރުގެ އެ ކުއްޖާ ވަނީ އޭނާ އަށް ޖިންސީ ގޯނާކުރި ދުވަސްތައް އޭނާ ގެންގުޅޭ އައިޕެޑެއްގައި ފާހަގަކޮށްފަ އެވެ.