ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި ދައުލަތުގެ އެއްވެސް ބިމަކާ ބެހޭ މުއާމަލާތެއް ނުހިންގުމަށް ސަރުކާރުން ކައުންސިލްތަކަށް އަންގައިފި އެވެ.

އެ މައްސަލަ ކައުންސިލްތަކަށް އަންގާފައި ވަނީ ހައުސިން މިނިސްޓްރީ އިންނެވެ.

ހައުސިން މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާ ސިޓީއެއްގައި އަންގާފައި ވަނީ ރާއްޖޭގެ ބިންބިމާ ބެހޭ ސިޔާސަތު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ކަނޑައަޅުއް ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަމަށް ބިމާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ސާކިއުލާއެއް ނެެރުއްވަން ޖެހުނީ އެ ގާނޫނާ ހިލާފަށް ދައުލަތުގެ ބިންތައް އެކި ފަރާތްތަކަށް ދޫކުރަމުން އަންނަ ކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާތީ ކަމަށެވެ.