މަރުވެފައި އޮތް މީހަކު މާލޭ ހުޅަނގު ދެކުނު ސަރަހައްދު، ތިން ރުއް ޕާކާ ދިމާލު ބޭރުގައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

މަރުވެފައި އޮތް މީހަކު އޮޔާ ދަނިކޮށް މާލޭގެ ހުޅަނގު ދެކުނު ފަރާތު މޫދުން ފެނުނީ މިއަދު މެންދުރު އެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާގެ ހަށިގަނޑު މޫދުން ނެގީ ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާއަށް ގެންގޮސްފަ އެވެ.

ތިން ރުއް ޕާކާ ދިމާލު މޫދުން ފެންމަތީގައި ބަންޑުން ޖެހިފައި އޮއްވާ މިއަދު ފެނުނު މީހާއަކީ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.