07 Jul 2014, 12:44
ޔުނައިޓެޑް ކިންގްޑަމް ( ޔޫކޭ) އަށް ކިޔަވަން ދާން ބޭނުންވާ ދިވެހި ކުދިންގެ ވިސާ ފޯމް މާލެ އިން ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އަންނަ އޮގަސްޓް މަހު އެކަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިސާ ދިނުމުގެ ހިދުމަތް މާލެ އިން ދިނުމަށް ހަމަޖައްސާފައި ވަނީ އިނގިރޭސި ހައިކޮމިޝަނާއި ވީއެފްއެސް ގްލޯބަލް ގުޅިގެން ކަމަށެވެ.
ހިދުމަތް ހޯދަން ބޭނުންވާ ދަރިވަރުން އެކަމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށްފައި ބެހެއްޓުން އެދޭ ކަމަށާއި ހިދުމަތް ދޭނެ ތާރީހަކާއި އެޕޮއިންޓްމެންޓް ހަމަޖައްސާނެ ގޮތުގެ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.