07 Jul 2014, 11:30
ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ރޭސިން ކާރެއް ކޮންޓްރޯލް ނުވެގޮސް ހޮޅިދަނޑިއެއްގައި ޖެހި، ޕާކުކޮށްފައި އޮތް ޕިކަޕަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 1:30 އެހާންހާ އިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.
ރޭސިން ކާރު އެކްސިޑެންޓްވެފައި ވަނީ ބޮޑުތަކުރުފާނުމަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ވަގުތު ދަރުބާރުގެއާ ވީފަޅީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލު ނުކުރެވިގޮސް ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ވަގުތު ވާރޭވެހިފައި އޮތުމުން ކާރު ކަހާލީ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ކާރުގެ އެކިބައިތަކަށް ބޮޑެތި ގެއްލުންތަލެއް ލިބިފައިވާ ކަމަށާއި ކާރު ދުއްވަން އިން މީހާގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.