ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ ތިން މެންބަރެއްގެ‏‎ މަގާމުގެ ‏‎‏މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ‏‏އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރެއްވުމަށް ޓަކައި ތިން ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.


ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ ހ. ގްލޯރިއޯސާ‏ ‏ ‏އަލްއުސްތާޒު އަލީ ނަދީމު އާއި ދަފްތަރު ނަންބަރު 1320 ‏‏ ފާތިމަތު ސަރީރާ އަލީ ޝަރީފު އާއި ސ.މީދޫ‏ ހަސަންކާރިގޭ މުހައްމަދު ފަރުހާދު‏ ގެ ނަންފުޅެވެ.

ރައީސް އޮފީހުން ބުނީ އެ ތިން ބޭފުޅުންގެ ނަންފުޅު ރައީސް ޔާމީން މަޖިލީހަށް ފޮނުއްވީ ފުލުހުންގެ ގާނޫނު ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ‏‏އާންމުކޮށް އިއުލާނު ކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ‏‏‏ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ގޮތުގައި ކަމަށެވެ.