06 Jul 2014, 15:15
ޗައިނާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ސަފީރުކަމަށް، ގަލޮޅު ދެކެނަންފަރުގޭ ޑޮކްޓަރު މުޙައްމަދު ފައިޞަލް ޢައްޔަނު ކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް، އެ ނަންފުޅު އެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ޑޮކްޓަރ މުޙައްމަދު ފައިޞަލަކީ، ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންގްޓަން އިން ޑިވެލޮމްޕަންޓް ސްޓަޑީޒްގެ ރޮނގުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.