ނެތެމުންދާ ގަސްތައް ހައްދައި އާލާ ކުރުމަށް ވިމިލާމޭގައި މަރުކަޒެއް އެޅުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވިލިނގިލީގައި އަޅާ މަރުކަޒުގައި ނެތެމުންދާ ގަސްގަހުގެ އިތުރުން "ހާބޭރިއަމަކާއެކު ރާއްޖޭގައި ހެދޭ ގަސްގަހާގެހި" ވެސް އުފައްދާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ދަނޑުވެރިކަމަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން މަސައްކަތް ކުރާ ދާއިރާއަަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދަނޑުވެރި ކަމަށް ޒުވާނުން ޝައުގުވެރި ކުރުވުމަށް ވެސް އެ މަރުކަޒުގައި މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ނެތެމުންދާ ގަސް އާލާ ކުރުމަށް މަސައްކަތް ކުރާ މަރުކަޒަރު ހިންގާނީ ފިޝަރީޒް މިނިސްޓްރީ އާއި އަމިއްލަ ފަރާތަކާ ގުޅިގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މި މަރުކަޒާ ގުޅޭ މައުލޫމާތު ހޯދުމަށް ފިޝަރީޒް މިނިސްޓްރީއަށް ގުޅުމުން ބުނީ ލިޔުމުން ހުށަހެޅުމަށެވެ.

ސަރުކާރާ ގުޅިގެން މަރުކަޒު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ވެލާނާގޭގަ އެވެ.