06 Jul 2014, 11:05
ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ޕިލިޕްސް އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން ސީބީއެލް އާއި ހޭންގް އައުޓް ޓީމް މޮޅުވެއްޖެ އެވެ.
ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ އެމުބާރާތުގައި އިއްޔެ ކުޅުުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ބްރޫޗްޓީމްއާއި ބައްދަލުކޮށް ސީބީއެލް ކާމިޔާބުކުރީ 26 ލަނޑުންއެވެ. ދެވަނަ މެޗް ޓީޖީއައިއާއި ބައްދަލުކޮށް ހޭންގް އައުޓް ކާމިޔާބުކުރީ އަށް ވިކެޓުނުންއެވެ.
އިއްޔެގެ ފުރަތަމަ މެޗް ސީބީއެލް ކުޅެންއަރާ އަށް އޯވަރުގައި ތިން ކުޅުންތެރިން ނުބަައިވެގެން 114 ލަނޑުހެދިއެވެ. އަދި މެޗުގައި މުނާޒް 33 ލަނޑު، މުއާވިއަތު 32ލަނޑު ހެދިއެވެ.
ޖަވާބުގައި ބްރޫޗް ޓީމް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހެދުނީ 89 ލަނޑުއެވެ. އަދި އަހްމަދު މުހައްމަދު 22 ލަނޑު ހެދިއެވެ.
އިއްޔެގެ ދެވަނަމެޗް ޓޮސްދިމާވުމުން ހެންގް އައުޓް ގަސްދުކުރީ ހޮވުމަށެވެ. ޓީޖީއައި ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 79 ލަނޑުހެދިއެވެ. އަދި މެޗުގައި އަހްމަދު އާމިރު،25، ލަނޑު ހެދިއެވެ.
ޖަވާބުގައި ހެންގްއައުޓް ކުޅެންއަރާ ހަތް އޯވަރުގެރޭގައި 80 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނު އަލީ ނިޔާޒް ވަނީ 33 ލަނޑު ހަދާފައެވެ.
އެ މުބާރަތުގައި މިއަދު ކުޅޭ ފުރަތަމަ މެޗްގައި ހަވީރު 4:15 ގައި ބައްދަލުކުރާނީ ހައިޑްސްއާއި މާޒިޔާ އެވެ. ދެވަނަ މެޗް ގައި ހަވީރު 5:00 ގައި ބައްދަލުކުރާނީ ސަލްސާ ރޯޔަލްއާއި ލެޒާކާގޯއެވެ. ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.