Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
އާޖެންޓީނާ 1 - 0 ބެލްޖިއަމް
22:54
ސެމީގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ މިރޭ ދަންވަރު ނެދަލެންޑްސްއާ ކޮސްޓަރިކާ ކުޅޭ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ. އެ މެޗު ކުޅޭނީ ރާއްޖޭ ގަޑިން މިރޭ 1:00ގައި.
22:53
ބެލްޖިއަމް އަތުން 1-0 ލަނޑުން މޮޅުވެ ވޯލްޑް ކަޕްގެ ސެމީފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފި.
22:52
މެޗު ނިމިއްޖެ.
22:51
މެސީ އެކަނި ބޯޅަ ހިފައިގެން ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ކޯޓުވާ ބޯޅަ ދިފާއުކޮށް ފޮނުވާލައިފި.
22:48
އިތުރު ވަގުތުގެ 5 މިނިޓް.
22:48
އާޖެންޓީނާގެ ޕެރޭޒް ބޯޅަ ހޯދަން ފުންމައިގަތް ވަގުތު ޒަބަލޭޓޭގެ ގައިގައި ޖެހި އަނިޔާ ވެގެން ކުޅުން މެދުކެނޑިފައި.
22:46
ބެލޖިއަމަށް ކޯނަރެއް.
22:45
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ ތިން މިނިޓް. އާޖެންޓީނާ 1، ބެލްޖިއަމަށް ލަނޑެއް ނުޖެހޭ.
22:44
ޕެލާޝިއޯ ބެލްޖިއަމް ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަހިފައިގެން ވަދެ ގޯލަށް ފޮނުވާޅުމުގެ ކުރިން ބެލްޖިއަމް ކީޕަރު ކޯޓުއާ ބޯޅަ މަތަކޮށްފި.
22:41
22:38
އާޖެންޓީނާއިން ބަދަލެއް. ހިގައިންގެ ބަދަލުގައި ފެނާންޑޯ ގާގޯ.
22:34
ވާޓޮންގަންއަށް ފައުލުކުރުމާ ގުޅިގެން އާޖެންޓީނާގެ ބިގްލިއާއަށް ރީނދޫ ކާޑެއް.
22:33
ބެލްޖިއަމް ޓީމުން ހަޒާޑުގެ ބަދަލުގައި ޗަޑްލީ ކުޅެން އަރުވައިފި.
22:28
އާޖެންޓީނާއިން ބަދަލެއް. ލަވޭޒީގެ ބަދަލުގައި ކުޅެން އެރީ ޕެލާޝިއޯ.
22:27
ލޫކާސް ބިގްލިއާއަށް ފައުލުކުރުމާ ގުޅިގެން ބެލްޖިއަމްގެ އަލްޑަވެއިރެލްޑަށް ރީނދޫ ކާޑެއް.
22:23
ބެލްޖިއަމްގެ ކެވިން ޑި ބްރުއިން އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، އެޒިކުއެލް ގަރާއީ ފައިގައި ޖެހިފައި، ގޯލް ކީޕަރު ރޮމޭރޯގެ އަތަށް.
22:19
ބެލްޖިއަމް ޓީމުން ދެ ބަދަލެއް ގެނެސްފި. ކެވިން މިރަލަސްގެ ބަދަލުގައި ޑްރައިސް މާޓެންސް. ޑިވޮކް އޮރިގީގެ ބަދަލުގައި ރޮމެލޫ ލުކާކޫ.
22:17
އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާތެރެއިން މަރުއާނޭ ފެލައިނީ ބޮލުން ޖަހައި ފޮނުވާލި ބާރު ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.
22:12
ބެލްޖިއަމްގެ ތިން ޑިފެންޑަރުން ކަޓުވާލާފައި ބޯޅަ ހިފައިގެން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޮންޒާލޯ ހިގައިން ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒެއް ނުވި. މި މެޗުގައި ހިގައިންއަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު އެ ގެއްލުވާލީ.
22:11
ހިގައިންއަށް ކުރި ފައުލަކާ ގުޅިގެން އެޑެން ހަޒާޑަށް ރީނދޫ ކާޑެއް ދައްކައިފި.
22:09
ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހިގައިން ފޮނުވާލި ބާރު ހަމަލާ ބެލްޖިއަމް ޑީފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.
22:07
ކުއާޓާފައިނަލްގެ މި މެޗު ކުޅެމުން ދަނީ، ބްރަސީލިއާ ސިޓީގެ ނޭޝަނަލް ސްޓޭޑިއަމްގައި.
22:05
ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ބޭރުން އާޖެންޓީނާއަށް ލިބުނު ހިލޭޖެހުމެއް ކުރިއަށް ފޮނުވާލީ މެސީ. މެސީ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
22:03
ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ.
21:47
އާޖެންޓީނާއަށް އެއް ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
21:43
ފުރަތަމަ ހާފުގެ 43 މިނިޓްގެ ކުޅުން ނިމިއްޖެ. އާޖެންޓީނާ 1، ބެލްޖިއަމަށް ލަނޑެއް ނުޖެހޭ.
21:41
ބެލްޖިއަމަށް ލަނޑު ޖަހާނެ ރީތި ފުރުސަތެއް. އާޖެންޓީނާ ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ ކެވިން މިރާލަސް ބޮލުން ޖަހައި ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށް.
21:40
ބެލްޖިއަމް ޕެނަލްޓީ އޭރިޔާގެ މެދާދިމާއިން ބޭރުން މެސީ ފޮނުވާލި ބވާރު ހިލޭ ޖެހުން ގޯލްގެ އަރިމަތިން ހުރަސް ދަނޑިމަތިން ބޭރަށް.
21:38
ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުކައިރިން އެޓީމުގެ ފެލައިނީ އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީއަށް ފައުލު ކުރުމާ ގުޅިގެން އާޖެންޓީނާއަށް ހިލޭ ޖެހުމެއް.
21:35
އާޖެންޓީނާ ޓީމުން ބަދަލެއް ގެނެސްފައި މިވަނީ. އެންޖަލް ޑި މާރިއާއަށް އަނިޔާވުމާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އެރީ، އެންޒޯ ޕެރޭޒް.
21:28
ބެލްޖިއަމް ޕެނަލްޓީ އޭރިޔާ ތެރެއިން ޑިމާރިއާ ބޯޅަ ހޯދުމަށް ފަހު ގޯލަށް ފޮނުވާލި ބޯޅަ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ދިފާއުކުރީ.
21:09
ބެލްޖިއަމް ޕެނަލްޓީ އޭރިޔާތެރެއިން ގޮންޒާލޯ ހިގައިންއަށް ލިބުނު ބޯޅަ ވަރަށް ރީތި ކޮށް ގޯލްތެރެއަަށް ފޮނުވާލީ. އާޖެންޓީނާ 1، ބެލްޖިއަމަށް ލަނޑެއް ނުޖެހޭ.
21:08
އާޖެންޓީނާ ލަނޑު ޖަހައިފި.
21:02
ވޯލްޑް ކަޕްގެ ތާރީހުގައި މި ދެޓީމު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވި މެޗުގައި ވާދަކޮށް އޭރު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް ބެލްޖިއަމް ކުރި ހޯދީ 1-0 ލަނޑުން. އޭގެ ފަހުން 1986 ވަނަ އަހަރުގެ ވޯލްކަޕްގެ ސެމީ ފައިނަލްގައި މި ދެޓީމު ވާދަކުރި މެޗުން އާޖެންޓީނާ މޮޅުވީ. 2-0 ލަނޑުން. އެމެޗުގައި ފެނިގެން ދިޔަ 2 ލަނޑުވެސް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ ކުރީގެ ފުޓްބޯޅަ ތަރި ޑިއެގޯ މަރަޑޯނާ.
20:57
މެޗު ފަށައިފި.
20:56
މިއީ މި ދެޓީމުގެ ފަސްވަނަ ކުރިމަތިލުން. މީގެ ކުރިން މި ދެޓީމު ވާދަކުރި 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެފައި ވަނީ އާޖެންޓީނާ. ބެލްޖިއަމް މޮޅުވެފައި ވަނީ 1 ފަހަރު.
20:55
ބެލްޖިއަމްގެ ގައުމީ ސަލާމް.
ފުރަތަމަ 11:
20:54
އާޖެންޓީނާގެ ގައުމީ ސަލާމް.
ފުރަތަމަ 11:
20:53
ދެ ޓީމުގެ ކުޅުންތެރިންނާއި މެޗް އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.