ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.


ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ މޭ 26 ވަނަ ދުވަހު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޝިޔާމް ވަޒީފާއިން ވަކި ކޮށްފައި ވަނީ ކޯޑު އޮފް ކޮންޓަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމުގައި އަމަލު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ.

ފުލުހުން އޭނާ ސަސްޕެންޑު ކުރީ އަޕަ ސައުތު ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށެވެ.

ޝިޔާމަކީ ފުލުހުންގެ މީޑިއާ އޮފިސަރުގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.