05 Jul 2014, 17:21
މިދިޔަ އަހަރުގެ ފުރަތަމަ ހަތަރުމަހާއި މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ މުއްދަތާ އަޅާ ބަލާއިރު މިއަހަރު އެ މުއްދަތުގައި ދައުލަތުގެ ތެރޭ ދައުލަތުގެ ރިޒާވަށް 1.1 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމުކުރި މިދިޔަ މަހުގެ އިކޮނޮމިކް ރިވިއުގައިވާ ގޮތުން މިއަހަރުގެ މޭ މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 6.5 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި 5.5 ބިލިއަން ރުފިޔާ އަށް ވުރެ އެއް ބިލިއަން ރުފިޔާ ގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ގޮތުގައި އެމްއެމްއޭ އިން ބަލަނީ އެ ބޭންކްގައި ޑޮލަރުގެ ގޮތުގައި ހުންނަ ރިޒާވަކަށް ވާއިރު މިއަހަރުގެ އެޕްރީލް މަސް ނިމުނު އިރު ރިޒާވްގައި 434.8 މިލިއަން ޑޮލަރު ހުއްޓެވެ.
ހަތަރުމަސް ދުވަސްތެރޭގައި ރަސްމީ ރިޒާވަށް ލިބުނު ކުރިއެރުމަކީ 20 ޕަސެންޓް ކުރިއެރުމެކެވެ.