05 Jul 2014, 13:05
ބަޑިއެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިގެން ހައްޔަރުކުރި، ރާއްޖެ އައި ތުރުކީގެ ތެޔޮ ބޯޓުގެ ފަޅުވެރިޔާގެ ބަންދަށް 10 ދުވަސް ޖަހައިދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރާއްޖެ އައި ތުރުކީގެ ތެޔޮ ބޯޓެއްގެ ފަޅުވެރިންތަކެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް (އައިއެންއައިއޭ)އަށް ގޮސް ފުރަން ތިއްބައި، އެ މީހުން ބަލައި ފާސްކުރި އިރު ބަޑިއެއްގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ބަޑީގެ ބައިތަކެއް އެތެރެ ކުރި ސަބަބު އޮޅުން ފިލުވުމަށް އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާގެ އަތުން ފެނުނު ބަޑީގެ ބައިތައް ވަނީ ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.