Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ފްރާންސް 0 - 1 ޖަރުމަން
22:55
ސެމީ ފައިނަލްގައި ޖަރުމަނު ވާދަކުރަން ޖެހޭނީ، މިރޭ ދަންވަރު، ބްރެޒިލާއި ކޮލަމްބިއާ ވާދަކޮށް މޮޅުވާ ޓީމަކާ.
22:54
މެޗު ނިމިއްޖެ. ފްރާންސް 1-0 އިން ބަލިކޮށް ޖަރުމަނު، ވޯލްޑް ކަޕް 2014ގެ ކުއާޓާ ފައިނަލަށް.
22:54
ފްރާންސްގެ ބެންޒެމާ ޖަރުމަނު ޕެނަލްޓީ އޭރިޔާތެރެއިން ފޮނުވާލި ބާރު ބޯޅަ ކީޕަރު ނޮޔާ ދިފާއުކުރީ.
22:50
ޖަރުމަނު ޓީމުގެ ފަހު ބަދަލު. ޓޯނީ ކްރޫސްގެ ބަދަލުގައި ކުޅެން އެރީ ކްރިސްޓޮފް ކުރޭމާ.
22:50
ފަހު ހާފުގެ އިތުރު ވަގުތުގެ 4 މިނިޓް. ޖަރުމަނު 1، ފްރާންސަށް ލަނޑެއް ނުޖެހޭ.
22:48
ޖަރުމަނު ޓީމުގެ ވަރުގަދަ ހަމަލާއެއް. ފްރާންސް ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ޝުލާ ފޮނުވާލި ބާރު ހަމަލާ ބްލޮކް ކުރީ، ވަރާނޭ.
22:44
ފްރާންސް ޓީމުގެ ފަހު ބަދަލު. ވަލްބުއެނާގެ ބަދަލުގައި ކުޅެން އެރީ ޖިރޫ.
22:42
ޖަރުމަނު ޓީމުން ބަދަލެއް. މެސުޓް އޮޒިލްގެ ބަދަލުގައި ކުޅެން އެރީ މާރިއޯ ގޮޓްޒާ.
22:41
ޖަރުމަނަށް ނަތީޖާ ފުޅާކުރާނޭ ރަނުގެ ފުރުސަތެއް ގެއްލުނީ. ފްރާންސް ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ޝޫލާއަށް ލިބުނު ބޯޅަ ގޯލްތެރެއަށް ފިނުވާލެވޭ ގޮތެއް ނުވި.
22:39
ފްރާންސްގެ ގްރީޒްމަންއަށް ފައުލު ކުރުމާ ގުޅިގެން ޖަރުމަނުގެ ޝްވެއިންސްޓައިގާއަށް ރީނދޫ ކާޑެއް.
22:37
މިހާރު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން މިދަނީ. ދެ ޓީމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުން ދަނީ.
22:35
ޖަރުމަނު ޕެނަލްޓީ އޭރިޔާތެރެއިން ފްރާންސްގެ ބެންޒެމާ ފޮނުވާލި ހަމަލާ ޖަރުމަނު ޑިފެންޑަރުން ދިފާއުކުރީ.
22:32
ފްރާންސުން އަނެއްކާ ވެސް ބަދަލެއް. ކަބާޔޭގެ ބަދަލުގައި ކުޅެން އެރީ ރެމީ.
22:31
ފްރާންސް ޓީމުން ވެސް ބަދަލެއް. މަމަދޫ ސަކޯގެ ބަދަލުގައި ކުޅެން އެރީ ލޮރެންޓް ކޮސިލްނީ.
22:28
ޖަރުމަނު ޓީމުން ބަދަލެއް. ކްލޯސާގެ ބަދަލުގައި ކުޅެން އެރީ އަންދްރޭ ޝޫލާ.
22:22
ފްރާންސްގެ ވަލްބުއެނާ ބޯޅަ ހޯދަން ފުންމައިގެން އެރިތަނުން ޖަރުމަނުގެ ޝްވެއިންސްޓެއިގާ ފުންމައިގެން އަރައި ދެ ކުޅުންތެރިން މުޑި އެރުމުގެ ސަބަބުން ފްރާންސަަށް ހިލޭ ޖެހުމެއް.
22:21
ޖަރުމަނުން ލަނޑު ޖެހިފަހުން އަދި ދެވަނަ ހާފުގެ ކުޅުން ފެށުނު ފަހުންވެސް ފްރާންސް ޓީމުން މިދަނީ ކުޅުން ރަނގަޅުކޮށް ޖަރުމަނު ކޮޅަށް ނުރައްކާ ކުރަމުން.
22:19
ފްރާންސް ކުޅުންތެރިން ރަނގަޅު ހަމަލާއެއް އުފައްދައިފި. ޖަރުމަނު ޕެނަލްޓީ އޭރިޔާތެރެއިން ރަފައެލް ވަރާނޭ ބޮލުން ޖަހައި ފޮނުވާލި ބާރު ބޯޅަ ޖަރުމަން ކީޕަރު ފުންމައިގެން އަރައި ހިފީ.
22:14
ފްރާންސްގެ ގްރީޒްމަންއަށް ފައުލުކުރުމާ ގުޅިގެން ޖަރުމަނުގެ ސާމީ ކެދީރާއަށް ރީނދޫ ކާޑެއް ދައްކައިފި.
22:07
މި މެޗުގައި ޖަރުމަނުގެ ކެޕްޓަން ފިލިޕް ލާމްއާއި އެޓީމުގެ ޑިފެންޑަރު ބެނެޑިކްޓް ހޮވެޑޭސްއަށް އަދި ފްރާންސްގެ ޕެޓްރިސް އެވްރާ، ބްލައިޒޭ މަޓުއިޑީ، ޕޯލް ޕޮގްބާ މިއިން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފި ނަމަ ސެމީ ފައިނަލުގެ ފުރުސަތު އެ ކުޅުންތެރިއަކަށް ގެއްލޭނެ.
22:05
ދެެވަނަ ހާފުގެ ކުޅުން ފަށައިފި.
21:48
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ޖަރުމަނު 1، ފްރާންސަށް ލަނޑެއް ނުޖެހޭ.
21:48
މިހާރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 1 މިނިޓް ކުޅެނީ.
21:47
ޖަރުމަނު ގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ކަރިމް ބެންޒެމާ ފޮނުވާލި ބާރު ހަމަލާ ކީޕަރު ނޮޔާ މަތަކޮށްފި.
21:43
ފްރާންސް ޕެނަލްޓީ އޭރިޔާގެ އަރިމަތިން ޖަރުމަނަށް ލިބުނު ހިލޭ ޖެހުމެއް، ފްރާންސް ކުޅުންތެރިން ދިފާއުކޮށް ފޮނުވާލީ.
21:42
ޖަރުމަނު ޓީމުން މެޗު ކޮންޓްރޯލް ކުރަމުންދާއިރު ބޯލް ޕޮސެޝަން އުޅޭނީ ޖަރުމަނު 55 ޕަސެންޓް، ފްރާންސް 45 ޕަސެންޓް.
21:40
މެޗުގެ 38 މިނިޓުގެ ކުޅުން ނިމުނު އިރު ދެ ޓީޟުން އުފައްދާފައިވާ ނުރައްކާތެރި ހަމަލާތަކަށް ބަލާއިރު، ޖަރުމަނުން މިވަނީ ފްރާންސް ގޯލަށް 10 ހަމަލާ ފޮނުވާލާފައި. ފްރާންސުން ޖަރުމަނުގޯލަށް ނުރައްކާވާ ގޮތަށް ފޮނުވާލެވުނީ 5 ހަމަލާ.
21:38
ފްރާންސަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ހުރަހަކަށް ވެގެން ދިޔައީ ޖަރުމަން ކީޕަރު.
21:35
ފްރާންސުން ރަނގަޅު ހަމަލާއެއް. ޖަރުމަނު އޭރިޔާތެރެއިން ވަލްބުއެނާ ފޮނުވާލި ބާރު ހަމަލާ ޖަރުމަނު ކީޕަރު ނޮޔާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ.
21:33
ޖަރުމަނަށް ލިބުނު ކޯނަރެއް ފްރާންސް ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން ކީޕަރު ހޫގޯ ލޮރިސް އަތުން ޖަހައި ދަނޑުގެ އަރިމަތިން ބޭރަށް ފޮނުވާލައިފި.
21:31
ފްރާންސް އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން 19 މެޗުގައި އެޓީމު ކޮޅަށް ފުރަތަމަ ހާފުގައި ލަނޑެއް ވަދެފައެއް ނުވޭ. އޭގެ ތެރޭގައި މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމު ކުޅުނު 4 މެޗުވެސް ހިމެނޭ.
21:29
ޖަރުމަނަށް ލަނޑު ޖަހައި ދިނުމަށްފަހު ހަމެލްސް އުފާފާޅުކުރަނީ.
PHOTO: After@MatsHummels' effort, 19% of goals at this#worldcuphave been headers#FRAGERhttp://t.co/SvK2ckegpDpic.twitter.com/MbWhC8enQu
— FIFAWorldCup (@FIFAWorldCup)July 4, 2014
21:15
މެޓްސް ހަމެލްސް ބޮލުން ޖަހައި ފޮނުވާލި ބޯޅަ ފްރާންސް ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލް ތެރެއަށް.
21:14
ޖަރުމަނުން ލަނޑު ޖަހައިފި.
21:02
މެޗު ފަށައިފި.
20:59
ކުއާޓާ ފައިނަލްގެ މި މެޗު ކުޅެނީ، ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި. މެޗުގެ ރެފްރީޖަން ކުރަނީ އާޖެންޓީނާގެ ރެފްރީއެއް ކަމަށްވާ ނެސްޓޯ ޕިޓާނާ.
20:57
ޖަރުމަނުގެ ގައުމީ ސަލާމް.
ޖަރުމަނުގެ ފުރަތަމަ 11:
20:56
ފްރާންސްގެ ގައުމީ ސަލާމް.
ފްރާންސްގެ ފުރަތަމަ 11:
20:55
މެޗަށް ތައްޔާރު ވުމަށްޓަކައި ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.
20:55
މިއަދަކީ ފީފާގެ "އެންޓި ޑިސްކްރިމިނޭޝަން ޑޭ" ނަސްލީ ތަފާތުކުރުން ތަކާ ދެކޮޅަށް ފާހަގަކުރާ ދުވަސް.
20:50
ވޯލްޑް ކަޕްގެ ތާރީހުގައި މިއަދަކީ ޖަރުމަނަށް ހަމަ ގައިމުވެސް ވަރަށް ހާއްސަ ދުވަހެއް. މީގެ 60 އަހަރު ކުރިން ޖަރުމަނު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލައިލީ މިދުވަހު. 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި ވޯލްޑް ކަޕް ޖަރުމަނު ކާމިޔާބުކުރީ 3-2 އިން ހަންގޭރީ ބަލިކުރުމަށްފަހު.
ON THIS DAY IN 1954:#GERclaimed their 1st#WorldCupafter a 3-2 comeback win over Hungary -http://t.co/mc1fsTeO9jpic.twitter.com/GCKxLQRQUd
— FIFAWorldCup (@FIFAWorldCup)July 4, 2014
20:45
ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014ގެ ކުއާޓާ ފައިނަލްގައި ޖަރުމަނާއި ފްރާންސް މިރޭ ވާދަކުރާ އިރު، މީގެ ކުރިން މި ދެޓީމު 25 ފަހަރު މަތިން ވާދަކޮށް 11 ފަހަރު ފްރާންސް ވަނީ ޖަރުމަނު މައްޗަށް ކުރި ހޯދާފައި. ފްރާންސް އަތުން ޖަރުމަނަށް މޮޅުވެވިފައި ވަނީ، 8 ފަހަރު، އަދި 6 މެޗުން ދެ ޓީމު ވަނީ އެއްވަވަރު ވެފައި.