03 Jul 2014, 21:55
ރާއްޖެ އައި ތުރުކީގެ ތެޔޮ ބޯޓެއްގެ ފަޅުވެރިޔެއްގެ އަތުން ބަޑިއެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިގެން، އެ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެ އައި ތުރުކީގެ ތެޔޮ ބޯޓެއްގެ ފަޅުވެރިންތަކެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް (އައިއެންއައިއޭ)އަށް ގޮސް ފުރަން ތިއްބައި، އެ މީހުން ބަލައި ފާސްކުރިއިރު ބަޑިއެއްގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތަކެއް ރޭ ފެނުނު ކަމަށެވެ. އަދި އެ އެއްޗެހި ރާއްޖެ އެތެރެ ކުރި ސަބަބު އޮޅުންފިލުވުމަށް ތުރުކީ ތެޔޮ ބޯޓުގެ ފަޅުވެރިޔަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާގެ އަތުން ފެނުނު ބަޑީގެ ބައިތައް ވަނީ ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.