03 Jul 2014, 11:03
ޣައްޒާ (ޖުލައި 3) : ފަލަސްތީނާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ފަލަސްތީނުގެކުށެއްނެތް 17 އަހަރުގެ ކުއްޖަކު ވަގަށް ނެގުމަށް ފަހު މަރާލައި އޭނާގެ ހަށިގަނޑުގައި އަލިފާންޖަހައި ބޮޑުބައެއް ފިއްސާލުމަށް ފަހު މަގުމައްޗަށް އެއްލާލިޖަރީމާ އަށް ހިއްވަރުދިން ކަމުގެ ތުހުމަތު އިސްރާއީލުގެ ލީޑަރުންގެ މައްޗަށް ކުރެވޭތީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސްޖަމާއަތުންއިސްރާއީލަށްވަރުގަދައިންޒާރެއްދީފި އެވެ.
ހަމާސްޖަމާއަތުން އިންނެރުނުބަޔާނެއްގައިބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ގާނޫނަ ޚިލާފަށް ވަޒަންވެރިކޮށްފައިވާ ހައްދުފަހަނަޅާފައިވާ ޔަހޫދީން ހިންގާފައިވާ މިޖަރީމާގެ އަގުވޭންދެނިވި ގޮތެއްގައި އިސްރާއީލުގެ ވެރިން ދައްކަން ޖެހޭނެ ކަމަށާ މިޖަރީމާއަށް އެބޭފުޅުން ހިއްވަރު ދެއްވާފައިވާ ކަމުގަ އެވެ. އިސްރާއީލުގެ ހަރުކަށި ލީޑަރުން ހިންގަވާ ޓެރަރިޒަމްގެ އަމަލުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އަބަދު ނުލިބުމަކީ މިފަދަ އެތައް ޖަރީމާތަކެއް ފާޅުގައި ހިންގުމަށް ހިއްވަރު ދިނުމަށް އެބޭފުޅުން ޖެހިލުންނުވާ މައިގަނޑު ސަބަބު ކަމަށް ވެސް ހަމާސް ގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަލަސްތީނުގެ 17 އަހަރުގެ ކުއްޖެއް ކަމަށްވާ އަހްމަދު އަބޫޚުޟައިރު ވަގަށް ނެގުމަށް ފަހު އެއް ކުއްޖަކު މަރާލައި އޭނާގެ ހަށިގަނޑުގައި އަލިފާންޖަހައި ހަށިގަނޑަށް އިހާނާތް ކުރިކަމުގެ ތުހުމަތު ކުރެވިފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމުގެ މަގްސަދުގައި ހުޅަނގު އައްސޭރީގައި ވަޒަންވެރިކޮށްފައިވާ ހައްދުފަހަނަޅާފައިވާ ޔަހޫދީ ސަހްޔޫނީ ވަޒަންވެރިންގެ ތެރެއިން ތިން މީހެއްގެ މައްޗަށެވެ. ނަމަވެސް މިތިން މީހުންނާ ދެކޮޅަށް އިސްރާއީލުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ޔަހޫދީ ވަޒަންވެރިން މިޖަރީމާ ހިންގާފައި މިވަނީ މިދިޔަ މަހު ގެއްލުނު އިސްރާއީލުގެ ތިންޒުވާނުންގެ މަރުވެފައިވާ ހަށިތައް ޚަލީލު ސަހަރުގެ ކައިރީގައި ވާހަލްހޫލް އަވަށުގެ ވަޅުގަނޑެއްގެ ތެރެއިން ފެނުމާ ގުޅިގެން ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ސަރުކާރުން ހިންގި ބަދަލު ހިިފުމުގެ އަމަލުތަކަށްފަހުގަ އެވެ. ޔަހޫދީ ވަޒަންވެރިންގެ މިލިޔަނެއްހާމީހުން ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަަޒަންވެރި ކުރުވާފައިވާއިރު މި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިބާވަތުގެ އެއްވެސް ޖަރީމާއަކަށް އިސްރާއީލުން ސަމާލުކަމެއް ނުދެއެވެ.
އިސްރާއީލުގެ ތިން ޒުވާނުންގެ މަރަށްބަދަލުހިފުމުގެ ގޮތުން އިސްރާއީލުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން ހާރުދަމުގެ ވަގުތުތަކުގައި ޣައްޒާގެ އެތަންމިތަނަށް މިދިޔަ އަންގާރަދުވަހުގެ ރޭ 30 އަށް ވުރެ ގިނަ ވައިގެ ޙަމަލާތައްދީ ފަލަސްތީނުގެ އެކަކުޝަހީދުކޮށް އެތަށް ބަޔަކު ޒަޚަމްކޮށްލާފަ އެވެ. އޭގެކުރިން ވެސްއިސްރާއީލުގެ ތިން ޒުވާނުން ހޯދުމުގެ ނަމުގައިއިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަތަރު ޒުވާނަކު ޝަހީދުކޮށްލައި ފަލަސްތީނުގެ 400 އެއްހާމީހުންހައްޔަރުކޮށްފައިވެ އެވެ. (އަލްޖަޒީރާ)