09 Jan 2011, 15:28
ޓެކްސަން: އެމެރިކާގެ ކޮންގްރެސްގެ އަންހެން މެންބަރެއް ކަމަށްވާ ގެބްރީއްލާ ގެފޯޑަސްއަށް އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ޓެކްސަންގައި ބަޑިން ޙަމަލާދީ އޭނާ ވަރަށްބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ހަތިޔާރު ހިފައިގެންހުރި ޒުވާނަކު، ގެބްރީއްލާއަށް މިޙަމަލާދީފައިވަނީ ބަޔަކާއެކު ޢާންމު ޙަފްލާއެއްގައި އޭނާ ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށެވެ. ޙަމަލާދީފައިވަނީ ގެބްރީއްލާ ފިހާރައެއްގެ ކައިރީގައި ހުންނަވަނިކޮށްކަމަށް ޚަބަރުތައް ބުނެއެވެ މިޙަމަލާގައި ގެބްރީއްލާގެ ބޮލަށް ވަޒަންއަރައި ވަރަށްބޮޑަށް ޒަޚަމްވެފައިވެއެވެ. އަދި އޭނާއާއެކު އިތުރު 12 މީހެއްގެ ގަޔަށްވެސް ވަޒަންއަރައި ޒަޚަމްވެފައިވެއެވެ. މީގެތެރެއިން 5 މީުންގެ ޙާލަތު ވަރަށް ނުރައްކަލެވެ. ޢުމުރުން 40 އަހަރުގެ ގެބްރީއްލާ އަކީ ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެކެވެ. އޭނާއަށް ޙަމަލާދިން ޒުވާނާގެ ނަމަކީ ގެރީޑް ލޮގަންރ އެވެ. އެރިޒޯނާގެ ފުލުހުންވަނީ މިޒުވާނާ ހައްޔަރުކޮށްފައެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ މިޙާދިޘާ ކުށްވެރިކުރައްވައި މިއީ ވަރަށްބޮޑު ހިތާމައެއް ކަމަށް ސިފަކުރައްވާފައެވެ.