02 Jul 2014, 12:19
ޓްރާންސްޕޯޓް މިނިސްޓްރީގެ ތިން ސްޓޭޓް މިނިސްޓަރަކު ދެ މިނިސްޓްރީއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލުކުރައްވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުޅުމާލެ 10213 އަބްދުއްލަތީފް މުހައްމަދު އާއި ގ. ތަރިޖެހިގޭ މުހައްމަދު އަނީސް ބަދަލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހ. ނޫމުތި މުހައްމަދު އިބްރާހީމް ބަދަލުކުރައްވާފައި ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށެވެ.