މާރުކޭޓު ގޮޅިއަކުން ވަގަށް ދޮންކެޔޮތަކެއް ކަނޑަމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަކުން ދޮންކެޔޮތަކެއް ވަގަށް ކަނޑަމުންދިޔަ ކަމުގެ ތުހުމަތުގައި އުމުރުން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު 4:00 އެހައިކަންހާއިރު މާރުކޭޓުގެ ގޮޅިއެއްގައި ހުރި ދޮންކެޔޮ ގަނޑަކުން އޭނާ ވަގަށް ދޮންކެޔޮ ކަނޑަމުން ދަނިކޮށް އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެމީހާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދޮންކެޔޮތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.