09 Jan 2011, 14:20
މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި 79 ޕެކެޓަކާ އެކު 17 އަހަރުގެ ކުޑަ ކުއްޖެއް ހއ. ދިއްދޫ ފުލުހުން ހައްޔަރުކޮށްފި އެވެ.
އެކުއްޖާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު ފުލުހުން ހިނގި އޮޕަރޭޝަންނެއްގައި މާލެއިން ހއ. ބާރަށަށް ދިޔަ ދޯންޏަކުން އެ ރަށަށް ފޭބި ވަގުތު ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް ހުރި 79 ފެކެޓް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ކ. ކާށިދޫ ގަބުރުސްތާނުގެ އިރުއުތުރު ފަރާތު ފާރުކައިރީ ބޭރުގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި 90 ރަބަރު ޕެކެޓު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ، ސިގެރޭޓް ހުސްކުރި ފޮއްޓެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި އެ ތަކެތި ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 1:30 ހާއިރު ކަމަށެވެ.
ފުލުހުން ދަނީ އެ ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.