އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް އާއި ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް 45 ކުޅުންތެރިންގެ ސްކޮޑެއް ނަގައިފި އެވެ.

އެފްއޭއެމް އިން ބުނީ، މި ދެ މުބާރާތުގައި ވެސް ވާދަކުރުމަށް ޓަކައި ގައިމީ ޓީމުގެ ފަރިތަކުރުންތައް އަންނަ ބުރަސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗް ކަމުގެ ދަށުން ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެ އެވެ.

ގައުމީ އަންހެން ޓީމަށް ނެގި ސްކޮޑުގައި އެންމެ ގިނައީ ނިއުގެ ކުޅުންތެރިންނެވެ. އޮގޮތުން ނިއުގެ 13 ކުޅުންތެރިން ސްކޮޑަށް ނަގާފައިވާ އިރު، ސިފައިންގެ ކުލަބުން ސްކޮޑަށް ނަގާފައި ވަނީ އަށް ކުޅުންތެރިންނެވެ. އަދި ސަންޓީމުން ސްކޮޑަށް 12 ކުޅުންތެރިން ނަގާފައިވާ އިރު، ޕޮލިސް ކުލަބުން ސްކޮދަށް ނަގާފައި ވަނީ 10 ކުޅުންތެރިންނެވެ. އަދި ވަކި ކުލަބަކަށް ނިސްބަތް ނުވާ ދެކުޅުންތެރިން ވެސް ވަނީ ސްކޮޑަށް ނަގައިފަ އެވެ.