01 Jul 2014, 21:49
ކުޑަ ދުވަސް ކޮޅެއްގެ ބްރޭކަކަށް ފަހު މާދަމާ ރޭ ދިރާގު ދިވެހި ލީގުގައި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ޓީމުގައި ރަނގަޅު ފޯވާޑެއް ނެތުމުގެ މައްސަލަ ބޮޑު ކަމަށް އޭވައިއެލްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު އޮތް ނޫސްވެރިންގެ މައްދަލުވުމުގައި ކޯޗް ނާދު ބުނީ، މާދަމާގެ މެޗަކީ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށާއި މެޗުން އެންމެ ކުޑަވެގެން ޕޮއިންޓެއް ހޯދުމަކީ ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު ފޯވާޑެއް ނެތުން ކަމަށް ވެސް ކޯޗް ނާދު ބުންޏެވެ.
"ބޮޑަށް ކުރިމަތިވެފައި އޮތް މައްސަލައަކީ ޓީމުގައި ފޯވާޑެއް ނެތުން. އަހަރުމެންނަށް މާދަމާ ރޭގެ މެޗް ވަރަށް މުހިންމު. އެންމެ ކުޑަމިނުން ޕޮއިންޓެއް މާދަމާ ހޯދުމަކީ ވެސް މުހިންމު ކަމެއް. ޓީމަށް ފޯވާޑެއް ހޯދުމަށް މެނޭޖްމަންޓުގައި ވެސް މިހާރު ވަނީ އެދިފައި. ނާދު ބުންޏެވެ.
ދިރާގް ދިވެހި ލީގުގައި އޭވައިއެލް މިހާތަނަށް ކުޅުން ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި އޭވައިއެލް ބަލިވީ ނިއު އަތުން 7-0 ލަނޑުންނެވެ. ދެ ވަނަ މެޗުގައި އޭވައިއެލް ބަލިވީ ބަހިމަބޫ އަތުން 2-1 ލަނޑުންނެވެ.
އީގަލްސް އާއި އޭވައިއެލް ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 10:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.