ނ. ކެނދިކުޅުދޫ ރަށު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކެނދިކުޅުދޫ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

އެކޮމިޝަނަށް ބުނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި އިބްރާހިމް ޒަމީރު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. މިހާރު ކެނދިކުޅުދޫ ކައުންސިލްގައި ތިއްބެވީ އެމްޑީޕީގެ ހަތަރު މެމްބަރުންނެވެ.