ކޮކާ-ކޯލާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ވިކްޓަރީއާއި މަހިބަދޫ ސްޕޯޓްސް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއް ވަރު ވެގެން ނިމިއްޖެ އެވެ.

އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނުު ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިކްޓަރީގެ އިބްރާހިމް ސަލީމެވެ.

ޖުމްލަ އަށް ޓީމް ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ދެ ވަނަ ބުރަށް ދަތުރު ކުރާނެ އެވެ. އަދި މީގެ އިތުރުން ދެ ގްރޫޕް އެއްކޮށް ދެން އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަކަށް ވެސް ދެ ވަނަ ބުރުން ޖާގަ ލިބޭނެއެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށް ދަތުރު ކުރާނެ އެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެޓީމަކީ ސިފައިންގެ ކުލަބާއި އޭވައިއެލް އެވެ.