01 Jul 2014, 16:37
ވ. ރަކީދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި އެއް މިލިއަނެއްހާ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި އެ ކައުންސިލްގެ މެމްބަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރަކީދޫ ކައުންސިލްގެ ތިޖޫރީ ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެމްޑީޕީ ކައުންސިލަރެކެވެ. އޭނާ ހައްޔަރު ކުރީ މާލެއިން އެ ރަށަށް ދިޔަ ފުލުހުންގެ ހާއްސަ ޓީމަކުންނެވެ.
ވައްކަމުގެ އެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން އެ ރަށަށް ދިޔަ ޓީމުން ދަނީ ހާއްސަ އޮޕަރޭޝަނެއް އެ ރަށުގައި ފަށާފަ އެވެ.
ރަކީދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލީ، އެ މިލިއަން ރުފިޔާ ވަގަށް ނެގީ މިދިޔަ މަހު އެވެ.