01 Jul 2014, 14:39
މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި، ޞިއްޙަތާއި، އިޖްތިމާޢީ ރައްކާތެރިކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުން، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
އެ ގޮތަށް މިއަދު ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާނީ، ރައީސް އޮފީހުން ބުނި ގޮތުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި މޯލްޑިވިއަން ބްލަޑް ސާވިސަސް، ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރާއި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ސަރަޙައްދީ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރްކަޒުތަކާއި ހެލްތު ޕޯސްޓްތަކެވެ.
އޭގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސްއޫލުވާނެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި މިނިސްޓަރު އޮފް ހެލްތް، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިފަ އެވެ.
އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްތައް ބަލަހައްޓަ ވާނީ، މިނިސްޓަރު އޮފް ހެލްތް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފަ އެވެ.
ހެލްތު އެންޑް ޖެންޑާ މިނިސްޓްރީގެ ނަން ހެލްތު މިނިސްޓްރީގެ ނަމަށް ބަދަލުކުރެއްވުން ޑރ. މަރިޔަމް ޝަކީލާ ވަނީ ހެލްތު މިނިސްޓަރުގެ ހުވާ ކުރައްވައިފަ އެވެ.