އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އައިޝަތު ޒާހިރާގެ ނަންފުޅާއި އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރުގެ ނަންފުޅާއި ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ މައުމޫން ހަމީދާއި މުހުތާޒު މުހުސިނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ކަނޑައެޅުމަށް ފޮނުއްވާފައިވާ ކޮރޮޅި އާދަމް ޒާހިރުގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީތަކަށް ފޮނުވައިފި އެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރު ކަަމަށް ކުރިމަތި ލައްވާފައިވާ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރުގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ފޮނުއްވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށެވެ. އަދި ޑެޕިއުޓީ ގަވަރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ އައިޝަތު ޒާހިރާގެ ނަންފުޅު ވެސް އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ އެ ކޮމެޓީއަށެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދެން ކޮމެޓީ އަށް ފޮނުވާފައި ވަނީ ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފޮނުވާފައިވާ މައުމޫން ހަމީދާއި މުޖްތާޒު ނަންފުޅު ވަނީ އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވާފަ އެވެ.

މީގެ އިތުރުން ޕޮލިސްް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުވާފައިވާ ކޮރޮޅި އާދަމް ޒާހިރުގެ ނަންފުޅު ވެސް ވަނީ ކޮމެޓީ އަށް ފޮނުވާފަ އެވެ. އޭނާގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ގައުމީ ސަލާމަތު ކޮމެޓީ އަށެވެ.