01 Jul 2014, 13:04
ރިސެސްއަށް ފަހު ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ ޝަރީއަތްތައް މިއަދު ފަށަފައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 15 ދުވަހުގެ ރިސެސްއަށް ފަހު ދެ ކޯޓުން ވެސް ޝަރީއަތްތައް މިއަދު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ރިސެސްގެ ތެރޭގައި މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް އެ މުއްދަތުގެ މަސައްކަތްތަކާއި ބައެއް ޝަރީއަތްތައް ކުރިއަށްގެންގޮސްފައިވެ އެވެ. އަދި އިދާރީ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ޖުވެނައިލް ކޯޓުން ރިސެސްގެ މުއްދަތުގައި ޝަރީއަތްތަށް ކުރިއަށް ނުގެންދިޔަ ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން ފަދަ ކަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެ ދެ ކޯޓުން ވެސް ދެން ރިސެސް އަށް ދެން ދާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.