ބަނޑޭރިކޮށި ކައިރީގައި ޕާކް ކޮށްފައި ހުރި ތިން ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:30 އެހާކަންހާ އިރު ރޯކޮށްލި ތިން ސައިކަލުގެ ތެރެއިން ދެ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައިވާ ކަމަށެވެ.

އަނެއް ސައިކަލަށް މާބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ އިރު، ސައިކަލުތަކުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލާފައި ވަނީ ރައްޔިތުންގެ އެހީތެރިކަމާއެކު ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މާލޭގައި ދޭތެރެ ދޭތެރެއިން ސައިކަލުތަކުގެ ރޯކުރުމުގެ ހާދިސާތައް ހިންގަ އެވެ.