މޫދަށް އެރި އަމިއްލަ އަށް "މަރުވާން އުޅުނު" ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ސްވިމިން ޓްރެކް ސަރަހައްދަށް ރޭ 8:50 އެހާކަންހާ އިރު މޫދަށް އެރި "އަމިއްލަ އަށް މަރުވާން" މަސައްކަތް ކުރި 17 އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ އެ ސަރަޙައްދުގައި ކުލަހެދުމުގައި ހަރަކާތްތެރިވަމުން ދިޔަ، ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެއް ކަމަށެވެ.

ފުލުހުން ބުނީ އެ ސަރަޙައްދުގެ ގުންޑޮޅިއާ 100 ފޫޓު ދުރުން އެކުއްޖާ ސަލާމަތް ކުރި އިރު އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.