އައްޑޫ ސިޓީ ހިތަދޫގެ ދެ ފިހާރައެއް ފަޅާލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މައުލޫމާތުދިން ގޮތުގައި ހިތަދޫގައި ހުންނަ ހެޕީ ޒޯން ފިހާރައާއި ފޯސަމް ފިހާރަ ފަޅާލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.

އެ ދެފިހާރަ ފަޅާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގަ އެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ހެފީ ޒޯން ފިހާރައިން ފައިސާ އާއި ބައެއް ތަކެތި ވަނީ ވަގަށް ގެންގޮސްފަ އެވެ. އަދި ފޯ ސަމް ފިހާރަ އިން ގެންގޮސްފައި ވަނީ ހުސް ވަތްގަނޑު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ ފިހާރަ އަށް ވެސް ވަދެފައި ވަނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.