އޭސިއަން ކްރިކެޓް ކައުންސިލް- އޭޖީއެމްގެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް އަހަމަދު ހަސަން ދީދީއާއި ނައިބު ރައީސް މުހައްމަދު ފައިސަލް މެލޭސިޔާ އަށް ހިނގައްޖެ އެވެ.

މެލޭސިޔާގެ ކޮލަލަމްޕޫރުގައި މިއަދު ފެށޭ ބައްދަލުގައިި އޭސީސީގެ ކުރިއަށް ހުރި ހަރަކާތްތަކާއި އެކި ގައުމުތަކަށް އެހީދޭނޭ މިންގަޑުތައް އެނގިގެންދާނެ ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެ އެވެ.

މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ގައުމުތަކަކީ ބަހްރޭން އާއި ބޫޓާން އާއި ކެމްބޯޑިޔާ އާއި ޗައިނާ އާއި އީރާނާއި މިއެންމާ އާއި އޯމާން އާއި ގަތަރާއި ސައުދި އެރެެބިޔާ އަދި ތަޖަކިސްތާނެވެ.

މިޖަލްސާ ޗެއާކުރައް ވާނީ މިހާރުގެ އައިސީސީގެ ރައީސް މިސްޓަ އެން ސިރީނިވާސް އެވެ.