29 Jun 2014, 19:54
ރަމަޟާން މަހުގެ ދުވާލު ގަޑީގައި ކާން ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ. ފުލުހުން ބުނީ ރޯދަ ނުހިފައި ކާންހުރި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ހަ ރަބަރު ޕެކެޓް މިއަދު ފެނިފައިވާ ކަމަށެވެ.
މި މައްސަލާގައި މާލެއިން ފުލުހުންގެ ހައްޔަރު ކުރީ ޢުމުުރުން 34 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރު ކުރީ "ރޯދަ މަހުގެ ރޯމާދުވާލު ކާން" ހުއްޓަ އެވެ. ރޯދައަށް ނުހުރެ ކާން ހުއްޓައި އޭނާ އަތުލައިގަތީ މައްޗަންގޮޅީ ގެއެއްގެ ދެވެނަފަންގިފިލާގެ ސިޑިމަތީގައި ކާން ހުއްޓަ އެވެ. އޭނާ ރޯމާދުވާލު ކާން ހުރި ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ އާންމު ފަރާތަކުންނެވެ.
އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހަކެވެ.